ހިތާދޫ ސިއްހީ މަރުކަޒު މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފި

ހިތާދޫ ސިއްހީ މަރުކަޒު-- ފޮޓޯ / ހިތާދޫ އޮންލައިން
ހިތާދޫ ސިއްހީ މަރުކަޒު– ފޮޓޯ / ހިތާދޫ އޮންލައިން

ބ. ހިތާދޫ ސިއްހީ މަރުކަޒުގެ ބައެއް ތަންތަން މާރާމާތު ކުރުމަށް ކުންފުންޏަކާއި ހަވާލު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ހިތާދޫ ސިއްހީ މަރުކަޒުގެ މަސައްކަތްތަށް 54 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލު ކޮށްފައިވާނީ ހަވާ ވުޑް ވާކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝާތިރެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމްއެވެ.

މި އެއްބަސްވުމުގެ ދަށުން ސިއްހީ މަރުކަޒުގެ ދޮރާއި ދޮރުފަތްތަކުގެ މަސައްކަތާއި ރިސެޕްޝަން އޭރިޔާ ހެދުމުގެ މަސައްކަތާއި ކަރަންޓުގެ މަސައްކަތާއި އެމްބިޔުލާންސް ގަރާޖުގެ މަސައްކަތް އަދި އެއަރކޮންޑިޝަންގެ މަސައްކަތް ކުރެވޭނެއެވެ. އަދި ވާރޭފެން ތާނގީ މަރާމާތުކުރުމުގެ މަސައްކަތާއި، ކުލައާއި ދަވާދުލުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ބ. ހިތާދޫ ސިއްހީ މަރުކަޒުގެ މަސައްކަތަށް ހަލައްކަ ހަތްދިހަ ހަތްހާސް ރުފިޔާ ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...