ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކޯހެއް ފަށަނީ

މައުލޫމާތު
ވިލާ ކޮލެޖް އޭދަފުށި ކެމްޕަސް. އެ ކޮލެޖުން އަންނަ އަހަރު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި--
ވިލާ ކޮލެޖް އޭދަފުށި ކެމްޕަސް. އެ ކޮލެޖުން ބޮޑެތި މީހުންނަށް އިނގިރޭސި ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި–

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކޯހެއް ހިންގާ ގޮތަށް ހަމަޖައްސައިފި އެވެ.

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން ބުނީ ދެ މަސްދުވަހުގެ މުއްދަތަށް ހިންގާ “އިންގްލިސް ބޭސިކް” ކޯހުގައިި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

އަންނަމަހު ފަށަން ހަމަޖައްސާފައިވާ މި ކޯހުގެ ފީއަކީ މަހަކު 500ރ. އެވެ.

މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ކޯސް ނިމޭ އިރު އިނގިރޭސި ބަހުން ލިޔެ ކިއުމާއި ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިގެން ދާނެކަމަށް ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން ބުންޏެވެ.

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން އަންނަނީ ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާޒް ލެވެލްގެ ކޯސްތައް ހިންގަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...