އޭދަފުށީ ޖޭމުގަސްދޮށުގޭ ޚަދީޖާ ނިޔާވެއްޖެ

މައުލޫމާތު

ބ. އޭދަފުށީ، ޖޭމުގަސްދޮށުގޭ ޚަދީޖާ ހަސަން ނިޔާވެއްޖެ އެވެ.

ޚަދީޖާ ނިޔާވީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން ބަލިވެ އުޅުމަށްފަހު ރޭ ފަތިހު އެވެ.

މައްތިޔާގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އޭދަފުށީ މަސްޖިދުލް މުއީނުއްދީން (ބޮޑު މިސްކިތް) ގަ އެވެ. ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

އަލްމަރުޙޫމާ ޚަދީޖާ ހަސަންގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. ޢާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...