އޭދަފުށީ މަގުތައް ހެދުމުގެ މަސައްކަތް ޖުލައިމަހު ނިންމަނީ

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށީ މަގުހެދުމުގެ މަސައްކަތް ކުރިއަށްދަނީ. މި މަސައްކަތް އަންނަ ޖުލައި މަހު ނިންމާލެވޭނެ ކަމަށް އެމްޓީސީން ބުނޭ

ނުނިމި ދިގުލައިގެން ގޮސްފައިވާ ބ. އޭދަފުށީ މަގުހެދުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ތާރު އަޅައިގެން އޭދަފުށީގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫއު ފެށީ 2015 ވަނަ އަހަރެވެ. ނަމަވެސް މި މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އަށް މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު 1 ވަނަ ދުވަހުއެވެ. އެ ކުންފުންޏާ މަސައްކަތް ނިންމުމަށް ހަވާލުކުރިއިރު މަޝްރޫއުގެ ބޮޑުބައެއްވަނީ ނިމިފަ އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އޭދަފުށީ މަގުތަކުގެ 64 ޕަސެންޓް ނިމިފައިވާ ކަމަށާއި އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އޭދަފުށީ މަގުހެދުމުގެ މަސައްކަތް ކުރިއަށްދަނީ. މި މަސައްކަތް އަންނަ ޖުލައި މަހު ނިންމާލެވޭނެ ކަމަށް އެމްޓީސީން ބުނޭ

އާޒިމް ވިދާޅުވި ގޮތުގައި އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރިއިރު ބައެއް މަސައްކަތްތަށް ހުރީ އަލުން ބަލުން ކުރަން ޖެހިފައެވެ.

“އެ މަސައްކަތް ވެސް އަޅުގަނޑުމެން މިހާރުވާނީ ކޮށް ނިންމާފައި. މިހާރު ކުރަމުންދަނީ ތާރު އަޅަން ފުރަތަމަ ކޮންކްރީޓް ލޭޔާ އެޅުމުގެ މަސައްކަތް،” އޭނާ ވިދާޅުވި އެވެ.

އަތޮޅުގެ ގިނަ ބަޔަކު ތަފާތު އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޒިޔާރަތްކުރާ މިރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ، އިޖުތިމާއީ ގިނަ ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...