“ރަށު މެދުގައި ޖަންގައްޔެއްތަ؟”

ރިޕޯޓް
އޭދަފުށީ ގަބުރުސްތާނުގައި ހުއި ގަސްތައް ބޯވެފައި
އޭދަފުށީ ގަބުރުސްތާނުގައި ހުއި ގަސްތައް ބޯވެފައި

އިމުގެތެރޭގައި އިންދާފައިވާ ހިޔާދޭ ބޮޑެތި ގަސްތަކުން މަގުތަކަށް ހިޔާއެޅި ހިތަށް ހިތްހަމަޖެހުން ގެނުވައެވެ. ބޮޑެތި ގަސްތަކުން ކިތަންމެވަރަކަށް ފަތް ފޭބިނަމަވެސް ވަށައިގެންވާ މަގުތައް ވަރަށް ސާފުތާހިރެވެ. އެކަމާ ގުޅޭގޮތުން ޝަކުވާއެއް ކުރެވޭނެ ޖާގައެއްނެތެވެ. އެކަމަކު އިމުއެތެރެއަށް އެޅޭ ފަތްތައް ނުނެގިނަމަވެސް އެތަނުގައި ތިބި މީހުން ޝަކުވާއެއް ނުކުރާނެއެވެ.އެއީ ސާފުނުކޮށް ބޭއްވުމަށް ދެއްކޭނެ ބަހަނާއެއް ނޫނެވެ.

DSC_1149
ވަށާފާރުގައި ހައެއްކަ ފޫޓަށް ހުންނައިރު ބައެއް ހިސާބުތަކުގައި ފާރަށްވުރެ ދެތިންފޫޓު މައްޗަށް ހުއި ގަސްތަކާއި ވިނައިގެގޮތުގައިބެލެވޭ ގަސްތައް ފެންނަން ހުރުމުން އެތެރޭގެ ޙާލަތު ވަޒަންކޮށްލެވެއެވެ. ނުވިތާކަށް ބިޔަކޮށް ހެދޭގަސްތައް ހެދެން ފަށައިފައިވުމުން ވަށާފާރުގެ ސަލާމަތާމެދު ސުވާލު އުފެދެއެވެ. މިކަންކަމާއިމެދު ކަންބޮޑުވާ ކިތައް ބޭފުޅުން އުޅުއްވާނެތޯ އެވެ؟ ޑެންގީ އާއި ޗިކަންގުންޔާ ފަދަ ބަލިބަލިތަކުން ސަލާމަތްވުމަށް މަދުންނަމަވެސް ރަށުގެ ވަށައިގެންވާ ސަރަޙައްދު މަދުބަޔަކު ނުކުމެ ސާފުކުރެ އެވެ. ފޮޓޯގައިއެވާ ތަނަކީ މަދިރިއަށް ރެޑް ޒޯނަކީތޯއެވެ؟

DSC_1101
އެ ބިމުގެ ބެލެނިވެރިފަރާތަކީ ކައުންސިލް އިދާރާކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަން ޔަޤީންވެ ކަށަވަރުވެއެވެ. ތަނުގެ އެތެރޭގެ ހާލަތާމެދު ކަންބޮޑުވެލައްވާނީ ބޮމެއްފަދަ އެއްޗެއް ގޮވީމަތޯއެވެ؟ އެހެނިހެން ރަށްރަށުގައި މިކަން އޮންނަނީ ކިހިނެއް ބާވައެވެ؟ ދެމެހެއްޓެނިވިގޮތަކަށް އެބިން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި ވަށާފާރުގެ ބޭރުގައި ކުލަލުންކަމަށް ދެކިގެން ނުވާނެއެވެ. އެބިން ސާފުނުކޮށް އޮތް ސަބަބު ބަލަން ބޭނުންނުވީ އެކަމަށް އެކަށީގެންވާ ސަބަބެއް އޮންނާނެކަމަށް ނުދެކޭތީއެވެ. އެބިން ސާފުކުރުމަށް ބަޖެޓުގައި ފައިސާ ނުހުރެ ނުދާނެކަން ޔަޤީނެވެ. ސާފުކުރާނެ ބަޔަކު ނުވުން އެއީ ޤަބޫލުކުރެވޭ ސަބަބެއްކަމަށް ދެކެނީ ކިތައް ބޭފުޅުން ތޯ އެވެ.

ކަންބޮޑުވެލައްވާ ބޭފުޅުން އޭދަފުށީ ގަބުރުސްތާނު ނޫނީ ސަހަރާ ސާފުކުރަން މިހާރު ނިކުންނަން ވެއްޖެކަމަށް ގަބޫލުކުރަމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...