ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ އޭދަފުށީ މީހަކު ލަންކާގައި ނިޔާވެއްޖެ

މައުލޫމާތު

ސްރީ ލަންކާގެ ޑާރޑަން ހޮސްޕިޓަލުގައި ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް ބ. އޭދަފުށީ، ހަލީމާހައުސް އަލީ ހަސަން ނިޔާވެއްޖެ އެވެ.

އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި އަލީ ހަސަން ނިޔާވީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ލަންކާގަ އެވެ. ނިޔާވިއިރު އުމުރަކީ 72 އަހަރެވެ.

އަލީ ހަސަންއަކީ ރަށުގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުއްވި އަދި ރައްޔިތުން ހިއްސާވާ ތަރައްގީގެ މަސައްކަތް ތަކުގައިވެސް އަމަލީގޮތުން އުޅުއްވި މީހެކެވެ. އަދި އޭނާ އަލީ މަސައްވެރިކަމަށް ބޭނުންވާ ތަފާތު ވައްތަރުގެ ބުޅި ޖެހުމާއި އެންދަމާ ދާ ހެދުމުގެ މަސައްކަތް ކުރުމުގައި މުޅި އަތޮޅަށް މަޝްހޫރު މީހެކެވެ.

މަރުހޫމުގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ވަސިއްޔަތެއް އޮތްނަމަ 7917460 އަށް އާ ގުޅައި އެކަން ވީހާވެސް އަވަހަކަށް ނިންމުމަކީ އެ އާއިލާގެ ވަރަށްބޮޑު އެދުމެކެވެ.

އިއްޔެ ވަނީ މިރަށު ދޮންވެލި މުހައްމަދު ޔޫސުފް (66 އަހަރު) ވެސް ނިޔާވެފައެވެ. އޭނާ ނިޔާވީ ގިނަ ދުވަހު ބަލިވެ އުޅުމަށްފަހު، އިއްޔެ ބ. އަތޮޅު ހޮސްޕިޓުގަ އެވެ.

މި މަރުހޫމުންގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އަދި އެ ޢާއިލާތަކުގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...