ތުޅާދޫގައި މޫދު ފިޓްނަސް ޕްރޮގްރާމެއް ފަށަނީ

އަތޮޅުތެރެއިން

7015_c7c681bc38ea99351c910de5a0a6ef24c46717dea6368bbcbd61a7e63fd470f6

 

ދެ ޖިންސުގެ ހުރިހާ އުމުރުފުރާގެ މީހުންނަށް ހުޅުވާލައިގެން މޫދު ފިޓްނަސް ޕްރޮގްރާމެއް އަންނަ މަހު ބ. ތުޅާދޫގައި ބައިވެރިވެވޭ ގޮތައް އަންނަ ޑިސެންބަރ މަހު ތުޅާދޫގައި މޫދުފިޓްނަސް ބޭއްވުމަށް އަމިއްލަ ފަރާތަކުން ތައްޔާރުވަމުން އެބަދެއެވެ.

މި ޕްރޮގްރާމު އިންތިޒާމުކުރާ ތުޅާދޫ މުހައްމަދު އުސްމާން ވިދާޅުވި ގޮތުގައި މިޕްރޮގްރާމުގެ ބޭނުމަކީ ހިކެން ބޭނުންވާ އަދި ހަކުރު ބަލީގެ އުނދަގޫ ހުންނަ މީހުންނަށާއި ޕްރެޝަރު އަދި ކޮލެސްޓްރޯލް ހުންނަ މީހުންނަށް އެކަމަށް ލުއިކަމެއް ގެނެސްދިނުމެވެ.

އުސްމާނު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މާލޭގައި މިހާރުވެސް މިފަދަ ޕްރޮގްރާމްތައް ހިންގާ މިކަމުގެ ހުނަރާއި ތަޖްރިބާކާރެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް 500 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނޮވެމްބަރު 25 ގެ ކުރިން އެޕްލިކޭޝަން ހުށައަޅަން ޖެހެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅަން ހަމަޖައްސާފައިވާ ނަންބަރަކީ 7777027 އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...