ގްރޭޑް 12 ގެ ދަރިވަރުންގެ ޝަރަފުގައި ޕީ.ޓީ.އޭ. ގެ ފަރާތުން ވަދާއީ ހަފްލާއެއް ބާއްވައިފި

ޚަބަރު
ގްރޭޑް 12 ގެ ދަރިވަރުންގެ ޝަރަފުގައި ޕީ.ޓީ.އޭ. ގެ ފަރާތުން ބޭއްވި ހަފުލާ

މިއަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން ގެންދާ ގްރޭޑް 12 ގެ ދަރިވަރުންގެ ކިޔެވުން ނިމުމާއި ގުޅިގެން، އެ ދަރިވަރުންގެ ޝަރަފުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނާ މުދައްރިސުން ގުޅުމުގެ ފަރާތުން ވަދާއީ ހަފްލާއެއް ބާއްވައިފިއެވެ.

ބ. ޓީއާރުސީ ގައި ބޭއްވި މި ހަފްލާގައި ޕީ.ޓީ.އޭ ގެ ފަރާތުން ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވިއެވެ. މި ހަފްލާ ގައި ޕީ.ޓީ.އޭ ގެ ފަރާތުންނާ، ސްކޫލްގެ މެނޭޖްމަންޓްގެ ފަރާތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ގްރޭޑް 12 ގެ ދަރިވަރަކު އެކުދިންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ވާހަކަ ދެއްކިއެވެ.

ޕީޓީއޭ އިން ބުނީ މި ހަފްލާ ބޭއްވުމުގައި ސްކޫލްގެ މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށާއި އަދި ގްރޭޑް 12 ނިންމާ ދަރިވަރުންގެ ޝަރަފްގައި މީގެ ކުރީގެ އަހަރު ތަކުގައިވެސް އެ ޖަމިއްޔާގެ ފަރާތުން މިފަދަ ހަފްލާތައް ބާއްވާފައި ވާ ކަމަށެވެ. –

— ބ. އޭދަފުށިން މުހައްމަދު ހަމްދޫން

ކޮމެންޓްސް (0)

ލޯޑް ކުރަނީ...