އޭދަފުށީ ބިން ހިއްކުމުގެ މަޝްރޫއާބެހޭގޮތުން މައުލޫމާތުދެނީ

މައުލޫމާތު
މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓޯއެއް. މިއަހަރު އޭދަފުށިން ބިން ހިއްކަން ހަމަޖެހިފައިވާކަން ސަރުކާރުންވަނީ ހާމަކޮށްފައި
މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓޯއެއް. އޭދަފުށީ ބިން ހިއްކުމާބެހޭޣޮތުން މިއަދު ރައްޔިތުންނަށް މައުލޫމާތުދޭގޮތަށް ވަނީ ހަމަޖެހިފައި

ބ. އޭދަފުށީ ބިންހިއްކުމުގެ މަޝްރޫއުއާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް މިއަދު އޮންނާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ މިއަދު 10:30 ގައި މަލްޓިޕާޕަސް ހޯލުގައި ބާއްވާ މި ބައްދަލުވުމުގައި މި މަޝްރޫއުއާ ބެހޭގޮތުން މައުލޫމާތު ދެއްވާނީ ހައުސިން މިނިސްޓްރީގެ ބޭފުޅުން ކަމަށެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި އޭދަފުށީގެ ފަޅުން އިތުރަށްހިއްކުމަށް ނިންމާފައިވަނީ 22 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. ނަމަވެސް މި މަޝްރޫއު ފެށޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...