ސްކޭން ކުރުމުގެ ހިދުމަތް އޭދަފުށީ މެޑިކަލް ސެންޓަރުން އަލުން ފަށަނީ

މައުލޫމާތު

ބ. އޭދަފުށީ މެޑިކަލް ސެންޓަރު (އީއެމްސީ) އިން ސްކޭން ކުރުމުގެ ހިދުމަތް އަންނަ ހަފްތާތެރޭ އަލުން ފަށާނެ އެ ކްލިނިކުން ބުނެފި އެވެ.

އީއެމްސީ އިން ބުނި ގޮތުގައި މިގޮތުން ބާއްވާ ފުރަތަމަ ކޭމްޕް އަންނަ އެޕްރީލް މަހުގެ 4 އަދި 5 ގައި އޮންނާނެ އެވެ. މި ކޭމްޕްގައި ރާއްޖޭގައި އާއްމުކޮށް ކުރާ ހުރިހާ ސްކޭނެއްވެސް ކުރެވޭނެ ކަމަށް އެސެންޓަރުން ބުންޏެވެ.

“މި ކޭމްޕްގައި ސްކޭން ކުރައްވާނީ ރާއްޖޭގެ މަޝްހޫރު ރޭޑިއޮލޮޖިސްޓް ޑރ އިބްރާހިމް ރަޝީދުއެވެ،” އޭދަފުށީ މޭޑިކަލް ސެންޓަރުން ބުންޏެވެ.

ޑރ އިބްރާހިމް ރަޝީދުއަކީ އޭދަފުށި މެޑިކަލް ސެންޓަރުގައި ކުރިންވެސް ސްކޭންގެ ބަލިތަކަށް ފަރުވާ ދެއްވާ ފައިވާ ޑޮކްޓަރެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނިގޮތުގައި މި ހިދުމަތް އަލުން ފަށަނީ އަތޮޅުގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިންނާއި ވީހާވެސް ލުއިފަސޭހަ ގޮތަކަށް ބަލިމީހުންނާއި ކައިރިން ހިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.

އިތުރު މައުލޫމާތާއި އެޕޮއިންޓްމެންޓް ހެއްދެވުމަށް ގުޅުއްވާނީ 9631111 އަދި 9523242 އާ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...