އާބާދީގޭ ހަސަން މޫސާ ނިޔާވެއްޖެ

މައުލޫމާތު

ބ. އޭދަފުށީ އާބާދީގޭ ހަސަން މޫސާ  ނިޔާވެއްޖެ އެވެ.

 

ހަސަން މޫސާ ނިޔާވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު، ރޭ ދަންވަރު އޭދަފުށީގަ އެވެ. ނިޔާވިއިރު އުމުރަކީ 83 އަހަރެވެ.

 

އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އޭދަފުށީ މަސްޖިދުލް އައްސުލްޠާން މުހައްމަދު މުއީނުއްދީން [ބޮޑު މިސްކިތް] ގަ އެވެ. ވީހާ ގިނަ ބަޔަކު ކަށު ނަމާދުގައި ބައިވެރިވުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

 

ހަސަން މޫސާ އަކީ ރަށުގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުއްވި އަދި ރައްޔިތުން ހިއްސާވާ ތަރައްގީގެ މަސައްކަތްތަކުގައިވެސް އަމަލީގޮތުން އުޅުއްވި މަޖާ މިޒާޖެއްގެ މީހެކެވެ.

 

މައްޔިތާގެ ފުރާނަ އަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާކުރާ ހާލު، އެ މައްޔިތާގެ އާއިލާގެ މީހުންނަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރަމެވެ. އަދި އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން ތައުޒިޔާ ރައްދުކުރަމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...