“ހަބޭސް” ގެ ޝޯ އެއް ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި

މުނިފޫހި

14264819_10154250891145865_4115489880092136163_n

ބޮޑުބެރުގައި ރާއްޖޭގައި އެންމެ ނަގާ ކިޔާ އެއް ބޭންޑް ކަމަށްވާ ހަބޭސް ބޮޑުބެރު ގްރޫޕް އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި ޝޯއެއް ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

“އުރީދޫ އީދު އުފާ” ނަމުގައި އީދު ބަންދާ ގުޅުވައިގެން އޭދަފުށީގެ ޒުވާން ގްރޫޕެއް ކަމަށްވާ “ޑައުން ޓައުން” އިން އިންތިޒާމްކޮށްގެން ބާއްވާ ޝޯ އޮންނާނީ ދެނުކު ފަރާތު ހިއްކި ބިމުގަ އެވެ. ޝޯ ފެށުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 9:30 ގަ އެވެ.

ހަބޭސް ބޮޑުބެރު ގްރޫޕަކީ ވަރަށް ފޯރީގައި ޝޯތައް ދިނުމުގެ އިތުރަށް ވީޑިއޯ ހަދައިގެން ވެސް ލަވަތައް ގެނެސްދޭ ބޭންޑެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...