އޭދަފުށީގައި ހެދި ކޮވިޑް ސެންޓަރުގައި ޓެސްޓްތައް ހެދުމަށް ތައްޔާރުވެއްޖެ

ކޮވިޑް-19 އަށް ޚާއްސަކޮށްގެން ރާއްޖޭގެ އަތޮޅުތަކުގައި ހަދާ ހެލްތު ފެސިލިޓީތަކުގެ ތެރެއިން ބ. އޭދަފުށީގައި ގާއިމުކުރި ކޮވިޑް ސެންޓަރުގެ މަސައްކަތް ނިމި ޓެސްޓްތައް ހަދަން ތައްޔާރުވެފައިވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އަތޮޅުތަކުގައި ހަދާ މެޑިކަލް ފެސިލިޓީތައް ބަލަހައްޓަމުން ގެންދަނީ އައިޖީއެމްއެޗުންނެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ސިރާޖް ޕީއެސްއެމް އާ ވާހަކަ ދައްކަމުން ވިދާޅުވީ މި ސަރަހައްދަށް ޚާއްސަކޮށްގެން އޭދަފުށީގައި ގާއިމުކުރި ސެންޓަރުގެ މަސައްކަތްނިމި، ޓެސްހެދުމަށް ތައްޔާރު ވެފައިވާކަމަށެވެ. ނަމަވެސް މުވައްޒަފުންގެ ދަތިކަމާއި މެޝިނަރީސްތައް ބޭނުން ކުރުމުގެ ތަމްރީން އެ މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބިފައި ނެތުމުގެ ދަތިކަން އޮތްކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އިންސްޕެކްޝަނަށްފަހު މުވައްޒަފުންނާއި ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކާގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިއީ ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ދިނުމަށް ހެލްތު ފެސިލިޓީތަކުގެ ތެރެއިން މިހާތަނަށް އިންސްޕެކްޝަން ނިމުނު ފުރަތަމަ ސެންޓަރެވެ.
ކޮވިޑް 19ގެ ބަލި މީހުންނަށް ފަރުވާދިނުމަށް ބ.އަތޮޅު ހޮސްޕިޓަލްގައި ގާއިމުކުރި ހެލްތު ފެސިލިޓީގައި 20 އައިސީޔޫ އެނދު ވަނީ ބަހައްޓާފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...