ރަހީނުކުރި ދިވެހިން ސަލާމަތް ކުރަން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ބ. ތުޅާދޫ ފަޅުތެރޭގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން މަސައްކަތްކުރާ ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ރަހީނުކޮށްފައިވާތީ އެ މީހުން ސަލާމާތް ކުރުމަށް ފުލުހުން މިރޭ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ހަތިޔާރާއި އެކު ބިދޭސީން ގެންދަނީ ބ.ބޮޑުފިނޮޅުގެ ބަނދަރުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ތިބި ދޯނި ބޮޑުފިނޮޅާއި ކައިރި ކުރުމުން ބިދޭސީން ގަލުން ފުލުހުންނަށް ހަމަލާ ދެމުންދާތީ، ފުލުހުންނަށް އެރަށަށް އެރޭ ގޮތެއް ނުވިއެވެ.
ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުން ދަތުރުކުރި ދޯނީގެ ކެޕްޓަނާއި، ފުލުހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި ބިދޭސީން ވަނީ ފުލުހުން ތިބި ދޯންޏާއި ދިމާއަށް ގަލާއި ތޫނު ކޮށްފައިވާ ދަގަނޑު ވެސް އުކާފައެވެ.
އެހެންވެ ބޮޑުފިނޮޅަށް އަރަން ފުލުހުން ދެވަނަ ފަހަރަށް ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައެވެ.
ބޮޑުފިނޮޅުގައި ބިދޭސީން އިހުތިޖާޖު ކުރަމުން ދަނީ ގިނަ ދުވަސްތަކެއް ވަންދެން އެ މީހުންގެ މުސާރަ ދީފައި ނުވާ ކަމަށް ބުނެ އެވެ.
މިއަދު ހަވީރު މި ހަމަނުޖެހުން ކޮންޓްރޯލުކުރުމުގެ ތެރޭގައި ފުލުހަކަށް ހަމަލާ ދިނުމުގެ ސަބަބުން ވަނީ ބޯ ފަޅައިގެން ގޮސް، އަދި އެކި ވަރުގެ އަނިޔާ ލިބިފައެވެ. އޭނާއަށް ބ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން ދާކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...