ރަހީނުކުރި 12 ދިވެހިން ސަލާމަތްކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

ބޮޑުފިނޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުންތަކެއް ހިންގައި، ރަހީނުކުރި ހުރިހާ ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބޮޑުފިނޮޅުގައި މާލެއިން ދިޔަ ފުލުހުންގެ ޓީމު މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި ބިދޭސީން ހިފެހެއްޓި 11 ދިވެހިން މިހާރު ސަލާމަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މީހުން ސަލާމަތްކުރި ގޮތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

11 ދިވެއްސަކު ސަލާމަތްކޮށްފައިވާއިރު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ސަލާމަތްކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...