ބ. އަތޮޅު ހޮސްޕިޓަލްގެ މެޑިކަލް ކޭމްޕަށް ބޮޑު ތަރުހީބެއް

އާންމުންގެ ބޮޑު ތަރުހީބަކާ އެކު، ބ. އަތޮޅު ހޮސްޕިޓަލުން ބޭއްވި މެޑިކަލް ކޭމްޕް އިއްޔެ ނިންމާލައިފި އެވެ.
ބ. އަތޮޅު ރައްޔިތުންނަށް ޚާއްސަ ކޮށްގެން ޖުލައި 5-6 އަށް ބޭއްވި މި ކާމިޔާބު މެޑިކަލް ކޭމްޕް ގައި 163 ބަލިމީހަކަށް ފަރުވާ ދިނެވެ. އެގޮތުން، ހަމުގެ ބަލިތަކަށް ޚާއްސަ އަދި ނަފްސާނީ ބަލިތަކަށް ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު އޮތެވެ.
ތަފާތު އެކި ބަލިތަކަށް ހާއްސަ ސްޕެސަލިސްޓުން ގެނަސް ކުރިމަގުގައި ވެސް މިފަދަ އިތުރު ކޭމްޕްތައް ބާއްވާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...