ބ. އަތޮޅު ތައުލީމީ މަރުކަޒަށް ހޭސްޑް ވޮޝް ހަދިޔާކޮށްފި

ބ. އަތޮޅު ތައުލީމީ މަރުކަޒަށް، އެ ސްކޫލުގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ފަރާތުން ހޭންޑް ވޮޝް ހަދިޔާކޮށްފި އެވެ.
މިއަދު އެ ސްކޫލުގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ފަރާތުން ހަދިޔާކޮށްފައި ވަނީ 30 ކޭސް ހޭންޑް ވޮސް ފުޅިއެވެ. މި ތަކެއްޗާ ސްކޫލުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޕްރިންސިޕަލް އަހްމަދު ރަފީޢު އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިއީ، އެ ސްކޫލުގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ފަރާތުން މި ދަތި ދަނޑިވަޅުގައި ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށާއި މި ވެދިން އެހީ އަށް ބެލެނިނިވެރިންނާއި ދަރިވަރުން އަދި ހުރިހާ މުވައްޒަފުންގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށެވެ.
ފުރަތަމަ ބެޗުގެ ދަރިވަރުންގެ ފަރާތުން ބުނީ ތައުލީމީ މަރުކަޒަށް ހަދިޔާކުރި ތަކެއްޗަކީ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި އާ އާއްމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ފެށިއިރު ސްކޫލުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ހަދިޔާކުރި ތަކެތި ކަމަށެވެ.
އައު އާންމު ހާލަތުގައި ޖުލައި މަހު ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު ދަރިވަރުން ސްކޫލަށް ހާޒިރުވެ އަތްދޮވެ، ފޭސް މާސްކު އެޅުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އަންގާފައިވާ ކަމެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
