ތުޅާދޫގައި ކަރަންޓީނުގައި ހުރި މީހަކު ނިޔާވެއްޖެ

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ބ. ތުޅާދޫ

ބ.ތުޅާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޢުމުރުން 59 އަހަރުގެ ފިރިހެނެކެވެ. އެމީހާ ނިޔާވީ ތުޅާދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދަނިކޮށް ހާޓްއެޓޭކެއް ޖެހިގެންކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

އެ މީހާ ހޯމް ކަރަންޓީންގައި ހުންނަތާ ވަނީ 10 ދުވަސް ވެފައެވެ. މިމީހާގެ ސާމްޕަލް ކޯވިޑް-19އަށް ޓެސްޓުކުރުމަށް ބ.އަތޮޅު ހޮސްޕިޓަލަށް ވަނީ މިހާރު ގެންގޮސްފައެވެ. ނަމަވެސް އެމީހާގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...