ތުޅާދޫން ނިޔާވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް

ބ. ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުއްޓާ މިއަދު ކުއްލި ގޮތަކަށް ނިޔާވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުއްޓާ ނިޔާވީ އުމުރުން 59 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ނިޔާވީ ތުޅާދޫ ސިއްޙީމަރުކަޒުގައި ފަރުވާދެމުންދަނިކޮށް ހާޓްއެޓޭކެއް ޖެހިގެންކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެއެވެ
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ޓެސްޓް ކުރި އިރު ނަތީޖާ ޕޮޒިޓިވް ވެފައިވާކަމަށާއި އިތުރު ތަފްސީލް މިރޭގެ ޕްރެސް ކޮންފަރެންސްގައި ހާމަކުރާނެ ކަމަށެވެ.
ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުން ވަޅުލާ ގޮތަށް އެ މީހާ ވަޅުލުމުގެ އިންތިޒާމްތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...