ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެކްޓިވޭޓް ކޮށްލައިގެން ދެގުނަ ޑޭޓާ!

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ދިރާގު  ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓާތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން މި ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަ ޖައްސާފައިވަނީ މިމަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެއް އެކްޓިވޭޓް ކުރިކަމުގައި ވިޔަސް 2 ގުނަ ޑޭޓާ  ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ “މައި އެކައުންޓް” އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެއެވެ.

ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭން ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://www.dhiraagu.com.mv/Dhiraagu_Fibre_Broadband.aspx

ކޮމެންޓްސް (0)

ލޯޑް ކުރަނީ...