އޭދަފުށިން ބިދޭސީ ދެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޚަބަރު

ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ދެ ޓީޗަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިރަށުގައި ހޯމް ކަރަންޓީނުގައި ހުރި އިންޑިޔާގެ ބިދޭސީ ދެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި އެ ދެ މީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން މިއަދު ނެގި ސާމްޕަލުންނެވެ.

އޭދަފުށި ކައުންސިލުން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިރަށުން އިތުރުވާން ފެށުމުން ހުރިހާ އެންމެން ވެސް މާސްކް އަޅައިގެން އުޅެން އެދޭ ކަމަށެވެ. އަދި ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެ މަސައްކަތްތައް ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...