އިސްލާމިކް ބޭންކްގެ ބްރާންޗެއް ގާއިމުކުރަން އޭދަފުށިން ބިމެއްދީފި

އޭދަފުށި ޓައިމްސްވިޔަފާރި
އެމްއައިބީގެ ބްރާންޗެއް ގާއިމުކުރަން އޭދަފުން ބިން ދޫކުރި ސަރަހައްދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބްރާންޗެއް ގާއިމްކުރުމަށް އޭދަފުށިން ބިމެއް ދީފިއެވެ.

އެމްއައިބީގެ ބްރާންޗެއް ގާއިމްކުރުމަށް މިރަށުން ބިން ދީފައިވަނީ ރަށުގެ އުތުރު ފަރާތުން ބީއެމްއެލްގެ ބްރާޏްޗާ އިންވެގެންނެވެ.

ބ. އޭދަފުށި ކައުންސިލުން ބުނިގޮތުގައި އެމްއައިބީއަށް އެ ބޭންކްގެ ބްރާންޗެއް ގާއިމުކުރަން އޭދަފުށިން ބިން ދިނީ 10 އަހަރު ދުވަހަށެވެ. އެގޮތުން ބިން ބިން ހަވާލުކުރާ ދުވަހުން ފެށިގެން ދެ އަހަރު ދުވަހު އެއްވެސް ބިމު ކުއްޔެއް ދައްކާކަށް ނުޖެހެއެވެ. އެހެން ނަމަވެސް ބާކީ 8 އަހަރަށް މަހުކުލީގެ ގޮތުގައި ތިންހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ރަށޫ ކައުންސިލުން ބުންޏެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ އެމްއައިބީގެ ބްރާންޗެއް އޭދަފުށީގައި ޤާއިމްކުރުމުގެ އެންމެ މުހިންމު އެއްބޭނުމަކީ އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި ގޮސްފައިވާތީ އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެދުމުގެ މަތިންނެވެ. މިޙިދުމަތް ކުރިއަށް މިއޮތް ދެއަހަރެއްހާދުވަހުގެ ތެރޭގައި ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ތޮލާލު ވިދާޅުވިއެވެ.

އެމްއައިބީގެ ބްރާންޗުތައް މާލެ، ހުޅުމާލެ ، އައްޑޫ ސިޓީ، ޏ. ފުވައްމުލައް، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި މިހާރު ވެސް ހުރެއެވެ.



ކޮމެންޓްސް (0)

ލޯޑް ކުރަނީ...