ބ. އަތޮޅުގެ ތިން ރަށަކުން ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ބ. އަތޮޅުގެ ތިން ރަށަކުން، ހޯމް ކަރަންޓީނު ނިންމި ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މި އެންމެން ވެސް ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ނިންމައި ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުތަކުން ކަމަށެވެ.

ޕޮޒިޓިވް ވެފައިވަނީ ދަރަވަންދޫން ދެ އަންހެނަކާއި ފިރިހެނަކާއި މާޅޮހުން އަންހެނެއްގެ އިތުރުން އޭދަފުށިން ފިރިހެނެކެވެ. މި އެންމެންނަކީ ވެސް ހޯމް މާލެއިން ރަށަށް އައިސް ހޯމް ކަރަންޓީނު ވި މީހުންނެވެ.

ބ. އަތޮޅުގެ މި ތިން ރަށުގައި ހޯމް ކަރަންޓީނުގައި ތިބި ބައެއް މީހުން މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

މިހާތަނަށް ބ.އަތޮޅަށް ހޯމް ކަރަންޓީނަށް ފަސްހާހަށްވުރެ ގިނަ މީހުން އައިސް ފައިވާއިރު، މީގެތެރެއިން 70 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...