ލޯކަލް ކައުންސިލް އިންތިހާބު: ވޯޓް ގުނަން ފަށައިފި

00:09 ތައުލީމީ މަރުކަޒުގެ ކްލާސް ރޫމުގައި ބަހައްޓާފައިހުރި ވޯޓްފޮށި ގުނާ ނިމިއްޖެ. ނަތީޖާ އިއުލާން ނުކުރެވި ލަސްވަނީ ވޯޓެއްގައި މައްސަލައެއް އުޅޭތީ.
21:00 ވޯޓް ގުނުން ފެށިގެން ކުރިއަށް ދަނީ.
18:56 ސްކޫލް ކްލާސްރޫމުގައި ހުރި ވޯޓްފޮށި ގުނަން ފަށައިފި. އަނެއް ދެ ފޮށި ގުނަށް ފަށަން އަދި ވަގުތު ނަގާޏެކަމަށް ބުނޭ

18:23 ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސް ރޫމުގައި ބަހައްޓާފައި ވޯޓް ފޮއްޓަށް ވޯޓްލުމަށް ރަޖިސްޓްރީކުރި 599 މީހުންގެ ތެރެއިން 465 މީހުންވަނީ ވޯޓުލައިފައި. ސްކޫލު ހޯލުތެރޭގައި ބެހެއްޓި ފޮއްޓަށް 553 މީހުން ރަޖިސްޓްރީ ކުރިއިރު 382 މީހުން ވޯޓްލި. މަލްޓިޕާޕަސް ހޯލް ފޮއްޓަށް ވޯޓްލުމަށް ރަޖިސްތްރީ ވި 603 މީހުންގެ ތެރެއިން ވޯޓް ލީ 423 މީހުން. އެހެން ރަށްރަށުގެ ރަޖިސްޓްރީގައި ތިބި މީހުންވެސް ވޯޓްލީ މި ފޮއްޓަށް.

18:04 އޭދަފުށީގައި ބެހެއްޓި ވޯޓުފޮށިތައް ބަންދުކޮށްފި. ފޮށިތައް ހުރީ ހަމަ އެތާނގައި. ބައި ގަޑިއިރު ފަހުން ގުނަން ފަށާނެ. ޕާޓީތަކުގެ އޮފިޝަލުންނާއި އޮބްޒާވަރުން ފޮށިތައް ކައިރީގައި އެބަތިބި.
17:15 އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ހަވީރު 6 ޖެހުމާ އެކު ވޯޓު ފޮށިތައް ބަންދުވާނެ. މިހާތަނަށް އޭދަފުށީގައި ބެހެއްޓި ވޯޓް ފޮށިތަކަށް ވޯޓްލާފައިވަނީ 1242 މީހުން، އެއީ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ 1755 މީހުންގެ ތެރެއިން
17:05 ވޯޓް ފޮށިތަކުގެ ކިއު ބަންދު ކޮށްފި. ދެން ވޯޓް ލާން ހަމަޖެހިފައިވަނީ ކަރަންޓިނުގައި ތިބި މީހުންނާއި ރިސޯޓްތަކުން އަންނަ މީހުން
15:45 މަލްޓިޕާޕަސް ހޯލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް 360 މީހުން ވޯޓުލައިފި، މި ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 603 މީހުންނަށް. އެހެން ރަށްރަށުގެ ރަޖިސްޓްރީގައި ތިބި މީހުންވެސް ވޯޓްލާނީ މި ފޮއްޓަށް.
15:15 ތިނެއް ޖެހުމާ ހަމައަށް ތައުލީމީ މަރުކަޒުގެ ކްލާސް ރޫމުގައި ބަހައްޓާފައި ހުރި ތިން ނަންބަރު ވޯޓްފޮއްޓަށް ވޯޓްލީ 360 މީހުން. މި ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 599 މީހުންނަށް.
15:00 ތައުލީމީ މަރުކަޒުގެ ހޯލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް 301 މީހުން ވޯޓުލައިފި، މި ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 553 މީހުންނަށް.

12:15 އޭދަފުށީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1755 މީހުންގެ ތެރެއިން މިހާތަނަށް ބާރަ ޖެހުމާ ހަމައަށް 33 ޕަސެންޓް މީހުން ވޯޓު ލައިފި. މިހާތަނަށް މާބޮޑު މައްސަލަތަކެއް ކުރިމަތިވެފައެއް ނުވޭ. ހުރިހާ ސަރަހައްދެއްގައިވެސް ވޯޓު ލުންދަނީ އަމާން ކަމާއި އެކު ކުރިއަށް އެކަމަކު ވޯޓްލާން ނުކުންނަ މީހުން މަދުކަން ފާހަގަކުރެވޭ.
9:30 މީގެ ކުރީގެ އިންތިހާބުތަކާ ޚިލާފަށް މިފަހަރު ވޯޓްލާން ނުކުތް މީހުނާ ބަލާއިރު މިއަދު ހުރިހާ ފޮށި ތަކެއްކައިރީގައިވެސް ކިޔޫގައި މީހުން ވަރަށް މަދުކަން ފާހަގަ ކުރެވެ އެވެ.
7:30 ކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރަައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން އޭދަފުށީގައިވެސް ފެށިގެން ކުރިއަށް އެބަދެ އެވެ.
މި އިންތިހާބުގައި އޭދަފުށީގައި ތިން ވޯޓް ފޮށި ވަނީ ބަހައްޓައިފަ އެވެ. އޭދަފުށީގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އާއި މަލްޓިޕާޕަސް ހޯލުގަ އެވެ.

ވޯޓުލުން ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތުން މިއަދުގެ ހެނދުނު 7 އިން ހަވީރު 5 އަށެވެ. ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި މީހުން ވޯޓުލާން ހާއްސަ ގަޑިއަކީ ހަވީރު 5 އިން 6 އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...