ކަރަންޓާއި ފެން ބިލް ހަދަން މީޓަރުތަކުގެ ފޮޓޯ ފޮނުވަން އެދިއްޖެ

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީ ގޭގޭގެ މި މަހުގެ ފެން ބިލާއި ކަރަންޓު ބިލް ހަދަން މީޓަރުތަކުގެ ފޮޓޯ ފޮނުވައިދިނުމަށް ފެނަކަ އޭދަފުށީ އިންޖީނުގެއިން އެދެފި އެވެ.

މީޓަރުތަކުގެ ފޮޓޯ ފޮނުވުމަށް މި ތަނުން އޭދަފުށީގައި ކޮވެޑި-19 ފެތުރޭތީ، ގޭގައަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެވެ.

އޭދަފުށީ އިންޖީނުގެއިން މިއަދު ހަވީރު ނެރުނު އެންގުމެއްގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިރަށުގައި އިއުލާންކޮށްފައިވާތީ، މި މުއްދަތުގައި ވައިބާ މެދުވެރިކޮށް މީޓަރުގެ ރީޑިންގެ ފޮޓޯ ފޮނުވޭނެ އިންތިޒާމް ހަމަޖައްސައިފައި ވާކަމަށެވެ. އެހެންކަމުން މި މަހުގެ ބިލް ތައްޔާރު ކުރުމަށް މިމަހުގެ 24 ނުވަތަ 25 ވަނަ ދުވަހު ފޮޓޯ ފޮނުވައިދިނުމަށް އެ އިންޖީނުގެއިން އެދިފައިވެ އެވެ.

މީޓަރުގެ ފޮޓޯ ވައިބާ ކުރުމުގައި ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގެތަކުން އަމަލުކުރާނެ ގޮތުގެ ޗާޓެއް އެ އިންޖީނުގޭގެ ފޭސްބުކް ޕޭޖުގައި ވެއެވެ. އަދި މިކަމުގައި އެއްވެސް އޮޅުމެއް އަރާނަމަ 7975754 ނުވަތަ 7787003 އަށް ގުޅުމަށްވެސް އިންޖީނުގެއިން އެދެއެވެ

މިދިޔަ އަހަރު ކޮވިޑް-19 ފެތުރުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރިއިރު ވެސް ފެނާއި ކަރަންޓް ބިލުގެ ރީޑިންގ ނަގާފައިވަނީ ވައިބާ މެދުވެރިކޮށް މީޓަރުގެ ރީޑިންގެ ފޮޓޯ ފޮނުވައިގެންނެވެ  

ކޮމެންޓްސް (0)

ލޯޑް ކުރަނީ...