ހުއްދަ ނުހޯދައި އޭދަފުށިން ބަޔަކު ރިސޯޓަކަށް ދިޔަ މައްސަލަ ބަލަނީ

އޭދަފުށި ޓައިމްސްޚަބަރު

ކޮވިޑް-19އާ ގުޅިގެން އޭދަފުށި މޮނިޓަރިންއަށް ލާފައި ވަނިކޮށް، ހުއްދަ ނުހޯދައި އޭދަފުށިން ފުރައިގެން ކައިރި ރިސޯޓަކަށް ބަޔަކުދިޔަ މައްސަލައެއް ފުލުހުން ބަލަނަށް ފަށައިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ބ. އަތޮޅުގެ ރިސޯޓަކަށް ބަޔަކު ދިޔަކަމަށް ލިބިފައިވާ ޝަކުވާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެއް އާއިލާއެއްގެ ބަޔަކު އޭދަފުށީގެ ކައިރީގައި އޮންނަ ރިސޯޓަކަށް ދިޔައީ މީގެ ދެ ދުވަސް ކުރިންނެެވެ.

މޮނިޓަރިންގ ހާލަތުގައި ވާ ރަށްރަށުގެ މީހުން އެއް ރަށުން އަނެއް ރަށަށް ދެވޭނީ ޚާއްސަ ހާލަތް ތަކުގައި ޚާއްސަ ހުއްދައަކާވެސް އެކުގައެވެ. މިއުސޫލާ ޚިލާފުވާ ފަރާތްތަކުން ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރެވޭނެކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...