ދެ މަސް ފަހުން އޭދަފުށީގެ މޮނިޓަރިން އުވާލައިފި

އޭދަފުށި ޓައިމްސްޚަބަރު

މިދިޔަ އޭޕްރިލް މަހުގެތެރޭ ބ. އޭދަފުށިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން މިރަށަށް އަރައި ފޭބުން މަނާކޮށްފައި އޮންނަތާ ދެމަހަށްވުރެ ގިނަ ދުވަސްވީ ފަހުން އެކަން އުވާލައި އާއްމު ހާލަތަށް ބަދަލުވެއްޖެ އެވެ.

ހުމުގެ އަލާމަތްތައް ހުރެގެން އޭދަފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން މި ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޭޕްރިލް މަހުގެ 19ގަ އެވެ. އެ ދުވަހުން ފެށިގެން މިރަށަށް އަރައި ފޭބުން މަނާކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ރޭންޑަމް ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގައި ކުރި އެވެ. އޭގެ ފަހުން 315 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ.

އާބާދީގައި ތިން ހާހަށްވުރެ ގިނަ މީހުން އުޅޭ މިރަށުން އެންމެ ފަހުން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މޮނިޓަރިންގެ ހާލަތު އުވާލިއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2 އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...