ގިނަ ދުވަސްތަކެއް ފަހުން ތުޅާދޫގެ މޮނިޓަރިން އުވާލައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ބ. ތުޅާދޫ

ކޮވިޑް-19 ފެތުރުމުން މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ބ. ތުޅާދޫގައި ބަލި ކޮންޓްރޯލްވެ ގިނަ ދުވަސްތަކެއް ފަހުން މޮނިޓަރިން އުވާލައިފި އެވެ.

ހުމުގެ އަލާމާތައް ހުރެގެން ޑޮކްޓަރަށްދެއްކި ބަޔަކު ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މޭ މަހުގެ ނުވެއްގަ އެވެ. އޭގެ ފަހުން 75 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ.

ތުޅާދޫން އެންމެ ފަހުން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. މޮނިޓަރިންގެ ހާލަތު އުވާލިއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 3 އެވެ.

އެ ރަށުން މިހާތަނަށް 1،376 ސާމްޕަލް ނަގާފައި ވެ އެވެ. ރޭ ދަންވަރު 12 ޖެހުމާ ހަމައަށް ނަތީޖާ ނުލިބި 47 ސާމްޕަލް އެބަހުއްޓެވެ.

ތުޅާދޫގެ މޮނިޓަރިން އުވާލިއިރު މިއަތޮޅުގައި ކޮވިޑް ކޭސްތައް ފެނުން އޭދަފުއްޓާއި ކެންދޫ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. މި ދެރަށުގައި ވެސް ބަލި ފެތުރުން ވަރަށްބޮޑަށް ވަނީ  ކޮންޓްރޯލްވެފައެވެ. އެހެންވެ މި ދެރަށްވެސް ވަރަށް އަވަހަށް މޮނިޓަރިން އިން ނަގާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...