ޖުލައި 28 އާއި 29 ވެސް ބަންދުކޮށް ޗުއްޓީ އިތުރަށް ދިގުކޮށްލައިފި

ޖުލައި 28 ވަނަ ދުވަހާއި 29 ވަނަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް ހަމަޖެއްސީ އީދާއި މިނިވަން ދުވަހާ ގުޅިގެން އަންނަ ޗުއްޓީގައި އަދި އެނޫން ބޭނުންތަކުގައި ވެސް ރަށުން ބޭރަށްދާން ބޭނުންވާ މީހުންނަސް ދަތިތަކެއް ކުރިމަތިވެދާނެތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތަށް ހަމަޖެއްސުމުން އީދާއި މިނިވަން ދުވަހުގެ ބަންދަށް ފަހު އޮފީސްތައް ދެން ހުޅުވާނީ އަންނަ މަހުގެ އެކެއް ގަ އެވެ.
ކުރިން އޮތީ 15 ވަނަ ދުވަހާއި 25 ވަނަ ދުވަސް ވެސް ބަންދުކަން އިއުލާނުކޮށްފަ އެވެ.
މިހާރު ހަމަޖެއްސި ގޮތުން ޖުލައި 16 ވާ ހުކުރުދުވަހުން ފެށިގެން 31 އާ ހަމައަށް، މިނިވަން ދުވަހުގެ ބަންދާ އެކު އީދު ބަންދަށް 16 ދުވަސް ލިބޭނެ އެވެ.
ޗުއްޓީއަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އަންނަ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހު އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...

