“ޓްރި ޔުނިޓީ” ގެ “އީދު ގަލަ” ވަރަށް ހިތްގައިމު

އީދާއި ދިމާކޮށް ބޮޑުބެރު ގްރޫޕްތަކާއި މިއުޒިކް ގްރޫޕްތައް އަދި ޓީވީ ޗެނަލްތަކުން އީީދަށް ހާއްސަަކޮށްގެން ލަވަ ނެރުމަކީ މިހާރު އާއްމު ކަމެކެވެ. މި އަހަރުގެ އަޟްހާ އީީދަށް ވެސް މިފަދަ ލަވަތައް ރިލީޒްކޮށްފައިވާއިރު އޭދަފުށީ “ޓްރި ޔުނިޓީ” ބޭންޑުގެ އީދު ލަވަ ”އީދު ގަލަ“ ވަރަށް ތަފާތުވެފައި ރީއްޗެވެ.
މި ލަވައިގެެ ވާހަކަ އަޑު އިވުނު ހިސާބުން ފެށިގެން ވެސް މިރަށުގެ ގިނަ ބަޔަކު ތިބީ ލަވަ ފެންނާނެ އިރެއްގެ އިންތިޒާރުގަ އެވެ. މިހާރު މި ވަނީ އެ އިންތިޒާރަށް ނިމުމެއް އައިސްފަ އެވެ.
ހިތްގައިމު ރީތި ލަވަ “އީދު ގަލަ” މިއަދު މި ވަނީ އާންމުކޮށްފަ އެވެ.
“އީދު ގަލަ” ލަވައަކީ ޝާފީގެ އަމިއްލަ މަސައްކަތުން ގިނަ ބައެއްގެ އެހީތެރިކަމާއެކު ހެދި ފުރަތަމަ ލަވަ އެވެ. މި ލަވައިގެ ލިރިިކްސް ހަދާފައިވަނީ ޝާފީ އާއި މައުސޫމްބެ އެވެ. ލަވަ ކިޔާފައިވަނީ ކިޔާފައި ޝާފީ އާއި އަހްމަދު ތަސްނީފު އެވެ.
ޝާާފީގެ އަމިއްލަ ރާގަކަށް ހަދާފައިވާ މިލަވަ އަށް މެލޮޑީ ހަދަފައިވަނީ ހުސައިން ތައުފީގާއި ޝަހުދާން އަދި ޝާފީ އެވެ. ލަވައިގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުން މަސައްކަތް ކުރީ މުހައްމަދު ސައީދު އާއި އަހްމަދު އާލިފްއެވެ.

“އީދު ގަލަ” ގެ މަންޒަރުތައް ނަގާފައި ވަނީ އޭދަފުއްޓާއި އެ ރަށާ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މާއްޑުގަ އެވެ. ލަވަ ނަގާފައި ވަނީ ބ. އތޮޅު ތައުލީމީ މަރުކަޒުގެ އޭލެވެލް ގައި ކިޔަވަމުން އަންނަ މުހައްމަދު ނާހިލް އަހްމަދު އެވެ.
މުހައްމަދު ނާހިލް އަހްމަދު ނަގާފައިވާ ހިތްގައިމު މަންޒަރުތަކާ އެކު މި ލަވައިން ވަރަށް ރީތި ޑްރޯން ޝޮޓްތަކެއް ވެސް ފެނިގެން ދެ އެވެ.
ޝާފީ ބުނީ ލަވަ މިއަދު އާންމުންނަށް ފެނިގެން ދިއުމާއެކު އެ ލަވައިގެ މަސައްކަތް ފުރިހަމަކަމުންނާއި ހިތްގައިމު ކަމުން އެތައް ބައެއްގެ ތައުރީފް ލިބެމުން އަންނަ ކަމަށެވެ. އަދި މި ގޮތަށް ގިނަ ބަޔަކު ބައިވެރިކޮށްގެން އީދު ލަވައެއް ހަދާލުމަކީ އޭނާ ވަރަށް ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށް ޝާފީ ބުންޏެވެ.
“ޕީއެސްއެމުން މިއަދު ހެނދުނު ލަވަ ރިލީސް ކުރުމަށްފަހު ސޯސަލް މީޑިއާ އަށް ލުމާއެކު ވަރަށް ގިނަ ބަޔަކު ގުޅާފަ އެބަ ބުނޭ ލަވަ ވަރަށް ރީއްޗޭ، ވަރަށް ސަޅި މަސައްކަތެކޭ ތީ، ލަވައިގެ ހުރިހާ މަސައްކަތެއްވެސް ވަރަށް ފުރިހަމަ އޭ، މިއީ އަމިއްލަ މަސައްކަތުން ހެދުނު ފުރަތަމަ ލަވަ، ވަރަށް ކާމިޔާބުކޮށް މި ލަވަ އެބަ ހިނގާ، ވަރަށް ހަމަޖެހިލައިގެން މިލަވަ ނިންމާލީ،”
ޝާފީ ބުނީ ކުރިއަށް އޮތްތާނގައިވެސް މީގެ އިތުރު ލަވަތަކެއް ފެންނާނެ ކަމަށާއި އެގޮތުން މުޖުތަމައުށް ބޭނުންތެރި މެސެެޖެއްދޭކަހަލަ ލަވައެއްގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އަސްލު މި ލަވައިގެ އެސްޕިރޭޝަން އަކީ މާމަގެ ރައިވަރު، މާމަ ވަރަށް ރައިވަރު ކިޔާނެ ކުރީގަ، މާމަގެ ބައެއްވެސް އިންނާނެ ލާފަ،”

“ވަރަށްބޮޑަށް ކަންތައްތައް ދަސްކޮށްގެން މިފަހަރު ހަމަ ބޭނުންވީ މިކަން ކުރަން، އަނެއްހެން ފިފްޓީ ފިފްޓީ އެއްޗެއް މިއީ، ލޮކްޑައުންވީމަ ވީޑިއޯ ނެގުމަށާއިި މިއުޒިކް ހެދުމަށް ވެސް ވަރަށް އުނގަދޫކޮށް ދިޔައީ، ބޭބެ (މޯޑް ސައީދު)ގެ ހެލްޕް ވަރަށްބޮޑަށް ލިބުނު، ދެން ހައިޝަމް އާއި ނާހިލް އާއި އާލިފް އަދި ޓްރި ޔުނިޓީ މެންބަރުންގެ އެހީއާ ނުލާ މިލަވަ މިހާ ފުރިހަމަކޮށް ނިންމާނުލެވުނީސް،”
ޝާފީ ބުނީ މި މަސައްކަތް މިހާ ފުރިހަމަކޮށް ނިންމާލުމަށް ފެމެލީގެ ސަޕޯޓްވަރަށް ބޮޑަށް ލިބުނުކަމަށެވެ. އަދި ކައުންސިލާއި އޭދަފުށީގެ ގިނަ ބައެއްގެ އެއްބާރުން ލިބުނު ކަމަށެވެ.
“ބޮޑަށް ޓާގެޓަކަށްވީ ފެމެލީ މީހުން ބައިވެރިކޮށްގެން މި ލަވަ ހެދުން، އިރާދުކުރެއްވިއްޔާ ފެމެލީގެ އެންމެން ކަހަލަ ގޮތަކަށް ބައިވެރިވުން މިލައިން ފެނިގެންދާނެ، ޝާފީ ބުންޏެވެ.
ޝާފީ އަކީ އަބަދުވެސް ލަވަ އާއި މަދަހަ ކިއުމަށް ޝައުގުވެރިކަން ހުންނަވާ ޒުވާނެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި “ގައުމުގެ ދުލުން” ލަވަ މުބާރާތުން އަށާރަ އަހަރުން މަތިން އެއްވަނަ ވެސް ހޯދައިފަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...

