ފުޅަދޫގައި އޮޔާދިޔަ ކުދިންތަކެއް ސަލާމަތް ކުރަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ބ. ފުޅަދޫ

ބ.ފުޅަދޫ ގައި މޫދުގައި އޮޔާދިޔަ ކުދިންތަކެއް ސަލާމަތް ކުރަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެއެވެ.

ފުޅަދޫ ކައުންސިލުން ބުނިގޮތުގައި މިއަދު މެންދުރު 12:20 ހާއިރު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކެވެ.

އެ ހާދިސާގައި މީހާ މަރުވެފައިވަނީ އެރަށުގެ ހުޅަނގު ފަރާތު ތުނޑިއަށް މޫދަށް ގޮސް އުޅުނު ކުދިންތަކެއް އޮޔާދަމައިގަތުމުން އެކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ. އޮޔާ ދަމައިގަތް ކުދިންގެ ހާލު ރަނގަޅެވެ.

ކައުންސިލުން ބުނިގޮތުގައި މަރުވި މީހާއާއި އޮޔާ ދަމައިގެން ކުދިންނަކ އީދު ބަންދު ޗުއްޓީއަށް ފުޅަދޫއަށް އައިސް އުޅޭ ބައެކެވެ. މަރުވެފައި ވަނީ މާލެ އަށް ނިސްބަތްވާ މީހެކެވެ.

އެ މީހާ ފުޅާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަރުވި މީހާ އާއިލާގެ އެދުމުގެ މަތިން މިހާރު ހަށިގަނޑު މާލެ ގެނައުމުގެ މަސަތްކަތް ދަނީ ކުރެވެމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...