ފެހެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އަތޮޅުތެރެއިން

ބ. ފެހެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރީ ތުޅަދޫން ފެހެންދުއަށް ދިޔަ ދޯންޏަކުން އެރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ގޮއިދޫގައި ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި އޮޕަރޭޝަންގައި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހުރި ހަތަރު ސެލޯފިން ކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުނ ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...