އޭދަފުށީގައި އެމްއައިބީގެ ސެލްފް ސާވިސް އޭޓީއެމް އެއް ހުޅުވައިފި

އޭދަފުށި ޓައިމްސްވިޔަފާރި
އިސްލާމިކް ބޭންކުން އޭދަފުށީގައި ބެހެއްޓި އޭޓީއެމް މިއަދު ހުޅުވައިދެއްވަނީ.

ބ. އޭދަފުށިގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް މިއަދު ހުޅުވައިފި އެވެ.

އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އޭޓީއެމް ހުޅުއްވައިދެއްވީ އެމްއައިބީގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާ އާއި ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު އަދި އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު އެވެ. މި ރަސްމިއްޔާތުގައި އެމްއައިބީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އޭދަފުށީގައި އެމްއައިބީގެ މި އޭޓީއެމް ބަހައްޓާފައި ވަނީ ރަށުގެ ބަނދަރުމަތިން ބީއެމްއެލްގެ ބްރާންޗާ އިންވެގެންނެވެ. މިއީ އެމްއައިބީން އަތޮޅު ތެރޭގައި ހުޅުވި ހަ ވަނަ އޭޓީއެމެވެ.

އޭދަފުށީގައި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަލަށް ހުޅުވި މި އޭޓީއެމުން ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި އެ ބޭންކުގެ އެންމެ ފަހުގެ އޭޓީއެމްތަކުން ދެމުން އަންނަ ކާޑު ބޭނުން ނުކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް މި އޭޓިއެމް އިން ލިބޭނެ އެވެ.

އެކްޓިން ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ ކޮވިޑާ ގުޅިގެން އާއްމުން ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް އަހުލުވެރިވެ، ހިދުމަތްތައް ހޯދާގޮތް ވެސް މިއަދު ވަރަށްބޮޑަށް ބަދަލުވެއްޖެ ކަމަށެވެ.  އެހެންވެ އެ ބޭނުންކްގެ އެންމެ ބޮޑު މަގުސަދަކީ މުޅި ރާއްޖެއަށް ޓެކްނޮލޮޖީ މެދުވެރިކޮށް މި ހިދުމަތް ތައާރަފުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.  

އޭދަފުށީގައި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

“މިއަދު ތައާރަފުކުރާ ޚިދުމަތަކީ މުޅިން ތަފާތު މޮޑެލެއް، ބުރާންޗެއް ނެތި ސެލްފް ސާވީސް އަދި ޑިޖިޓަލް ބޭންކިން ބޭނުންކޮށްގެން ޚިދުމަތް ލިބޭނެ ގޮތް މިއަދު މި ތައާރަފްކުރަނީ،” ރިޒާ ވިދާޅުވި އެވެ.

އެމްއައިބީން ބުނީ މުސްތަގުބަލުގައި އޭދަފުށީގައި އެ ބޭންކުގެ ގޮތްޕެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...