ފުރަތަމަ ކުއާޓާގައި އެހީވާނެ ޕްރޮޖެކްޓުތައް ބީއެމްއެލް އިން އިއުލާންކޮށްފި

މިއަހަރުގެ ފުރަތަމަ ވަނަ ކުއާޓަރުގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެ ބޭންކުން އެހީވާނެ ޕްރޮޖެކްޓުތައް ހޮވައިފި އެވެ.
އެ ބޭންކުން ވަނީ ފުރަތަމަ ކުއާޓާގައި ފަސް ޕްރޮޖެކްޓަކަށް އެހީވާން ނިންމައިފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅާފައިވާ ޕްރޮޖެކްޓުތަކެވެ.
ކޮމިއުނިޓީ ފަންޑުން އެހީވާނެ ޕްރޮޖެކްޓުތައް
- ށ. މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކުރުން – ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖް
- ނ. ލަންދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުން – އަހުމަދު ރަޝީދު
- ތ. ކިނބިދޫގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން – އައިޝަތު ސަމާ
- ށ. ބިލެތްފަހީގައި ލައިބްރަރީ ތަރައްގީކުރުން – އިސްމާއިލް ޝަރީފް
- ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުން – މުހައްމަދު ވިޝާހް
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިފަންޑުގެ ދަށުން މިހާތަނަށް މިވަނީ މުޖުތަމައަށް ފައިދާކުރާ 65 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓްސް (0)
ލޯޑް ކުރަނީ...
