ގޯލްޑަން ފުޓްސަލް: ޒޯން ބުރުގައި އޭދަފުއްޓާ ދުވާފަރު މިރޭ ވާދަކުރީ

އޭދަފުށި ޓައިމްސްކުޅިވަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގައި އޭދަފުއްޓާ ދުވާފަރު މިރޭ ވާދަކުރާނެ އެވެ.

ދުވާފަރު ޒޯން ޗެމްޕިއަންކަން ހޯދީ އެ އަތޮޅު އިންނަމާދޫ އަދި އިނގުރައިދޫ ބަލިކޮށްގެންނެވެ. ދުވާފަރު ފުޓްސަލް ޓީމު ވަނީ މިހާރު ކުރިއަށްދާ ޓެކާސް ފުޓްސަލް މުބާރާތުގެ ޒޯން ގައި އޭދަފުއްޓާ ވާދަކޮށްފަ އެވެ. އެ މެޗު 2-1 އިން ކާމިޔާބުކޮށް ޒޯން ޗެމްޕިއަންކަން ހޯދީ ދުވާފަރުންނެވެ.

އޭދަފުށި އެޓޯލް ޗެމްޕިއަންކަން ހޯދީ ހިތާދޫ އަދި ތުޅާދޫ ބަލިކޮށްގެންނެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގައި 2019 ވަނަ އަހަރުގެ ޒޯން ބުރުގައި އޭދަފުށި ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ބ. އަތޮޅުގެ ޒޯނުގައި ހިމެނެނީ ރ އަދި ނ އަތޮޅެވެ. އެއީ ރ އަތޮޅުން ދުވާފަރުގެ އަދި ނ. އަތޮޅުން ކުޑަފަރި އެވެ.

ހުޅުމާލޭގެ ރެހެންދި ސްކޫލް ކައިރިގައި އޮންނަ ފުޓްސަލް ދަނޑުގައި އޭދަފުއްޓާ ދުވާފަރު ވާދަކުރާ މެޗު ފަށާނީ މިރޭ 8:15 ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...