ބީއެމްއެލް އިން ސުވިމިން ޓްރެކް އަދި ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަހައްދު ސާފުކޮށްފި

ތޯރިގް އަބްދުއްރަހުމާނުޚަބަރު
ސުވިމިންގ ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެކުރުމުގައި ބައިވެރިވި ބީއެމްއެލްގެ ބައެއް މުވައްޒަފުން.

ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން މާލެ ސުވިމިންގ ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ހެނދުނު ބާއްވާފައިއެވެ.

މި ހަރަކާތަކީ ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން މާރިޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން 9:00 އަށެވެ. މިއީ ސުވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޑައިވް ކްލަބް މޯލްޑިވްސް، ޑައިވް ޑެސްކް އަދި ޕާރލޭއާ ގުޅިގެން ހިންގުނު ހަރަކާތެކެވެ.

ސުވިމިންގ ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން

މި ދެސަރަހައްދުން 755 ކިލޯގެ ކުނި ނަގާފައިވެއެވެ. މީގެ ތެރެއިން 84 ކިލޯގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ފާރލޭއާ ހަވާލުކޮށްފައެވެ.

ސުވިމިންގ ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން

މި ހަރަކާތުގައި ބީއެމްއެލް ގެ 80 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުވެސް އަތޮޅުތެރޭަގައި މަސައްކަތް ކުރާ މުވައްޒަފުންވަނީ މިދުވަހާ ގުޅުވައިގެން ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...