އިބްރާހިމް މުހައްމަދު ނިޔާވެއްޖެ

ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބ. އޭދަފުށީ ރަންގަލި އިބްރާހިމް މުހައްމަދު މިއަދު ނިޔާވެއްޖެ އެވެ.
އުމުރުން 84 އަހަރުގައި އޭނާ ނިޔާވީ އާލާކަސްފުޅާ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.
އިބްރާހިމް މުހައްމަދު ވަނީ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ފުރުއްވި މުހިންމު މަގާމުތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އޭދަފުށީގެ ކުޑަ ކަތީބު ކަމާއި އޭރުގެ އަތޮޅު އޮފީހުގެ ކާތިބު ކަމުގެ މަގާމް ހިމެނެ އެވެ. އަދި މިއަތޮޅު ބައެއް ރަށްރަށުގެ އޮފީސް ތަކުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.
އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމާގައި “އީޓީ” ގެ ޓީމުން ބައިވެރިވެ ތައުޒިޔާކިޔަމެވެ. އަޅުގަނޑުމެން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...