އުރީދޫ އިން ހިޔާ ފްލެޓުތަކަށް ހާއްސަ ރޯދަ އޮފާއެއް

އޭދަފުށި ޓައިމްސްވިޔަފާރި

އުރީދޫ މޯލްޑިވްސް އިން ހިޔާ ފްލެޓުތަކަށް ހާއްސަކޮށްގެން ރޯދަ އޮފާއެއް ތައާރަފު ކޮށްފިއެވެ.

އުރީދޫން ބުނި ގޮތުގައި އެ އޮފާގެ ދަށުން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ސުޕަނެޓް ކަނެކްޝަން ގުޅާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވާނެއެވެ. ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 55 އިންޗީގެ ޓީވީ އެއް ލިބޭނެއެވެ.

އުރީދޫގެ މި އޮފާގެ ދަށުން އުރީދޫ އިން ސުޕަނެޓް ކަނެކްޝަން ގުޅައިދޭނީ މުޅިން ހިލޭއެވެ.

ކަނެކްޝަނުގެ އިތުރުން ލޭންޑްލައިނެއްވެސް އެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް އުރީދޫ އިން ހިލޭ ދޭނެއެވެ.

މި ހިދުމަތަށް އެދެން ބޭނުންވާ މީހުންނަށް ⁦‪ore.do/getsupernet‬⁩ މެދުވެރިކޮށް އެދެވޭނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...