އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް ދިއްލާލައިފި

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް ދިއްލާލާފައި. ފޮޓޯ/ހާފިޒު އަހްމަދު

ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި ހަރުކުރި ލައިޓްތައް ޓެސްޓްކުރަން ދިއްލާލައިފި އެވެ.

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ހަރުކުރި ލައިޓްތައް ޓެސްކުރަން މި ރޭ ދިއްލާފައި ވަނީ މި ރޯދަމަހު ރޭގަނޑު ޓީމުތަކުން ޕްރެކްޓިސް ކުރުމަށް ހުޅުވާލުމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް ދިއްލާލާފައި. ފޮޓޯ/ހާފިޒު އަހްމަދު

މިރޭ ޓެސްޓަށް ލައިޓް ސިސްޓަމް ދިއްލާލިއިރު މުޅި ދަނޑަށް ކަރަންޓް ދެވޭނެ ޖަނަރޭޓަރު ސިސްޓަމަކާއެކު ފެންވަރު ރަނގަޅު އިންޖީނުގެއެއް ވެސް ވަނީ ދަނޑުގައި ގާއިމުކޮށްފައެވެ. ހަމައެކަނި ދަނޑަށް ކަރަންޓް ދިނުމަށް ގާއިމުކޮށްފައިވާ އިންޖީނުގެ އަކީ ރަށަކަށް ކަރަންޓް ދިނުމަށްވެސް ގާއިމުކުރާނެ ޒަމާނީ އިންޖީނުގެއެކެވެ.

އޭދަފުއްޓަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން އަހުމަދު ނަޒީރުގެ އެހީގައި އަޅާފައިވާ ޓާފް ދަނޑު އޭނާގެ އެހީގައި އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން ރޮސްޓްރަމް އާއި ސިޑިބަރި ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް ދިއްލާލާފައި. ފޮޓޯ/ހާފިޒު އަހްމަދު

އެ މަޝްރޫއުގެ ދަށުން 100 މީހުންގެ ޖާގައިގެ ރޮސްޓްރަމްއަކާއި 800 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ ސިޑިބަރިއެއް ހަދާނެ އެވެ. މީގެ އިތުރުން، އެ މަޝްރޫއު ނިމޭއިރު އެހެން ވަސީލަތްތައް ވެސް އެ ދަނޑުގައި ފުރިހަމަ ކުރަން ވަނީ ނިންމައިފަ އެވެ.

އޭދަފުށި ޓާފް ދަނޑަކީ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑެވެ. އަދި އެ ދަނޑަކީ ބައިނަލްއަގްވާމީ މިންގަނޑުތަކެއް ފެތޭ ގޮތަށް އަޅާފައިވާ ދަނޑެކެވެ.

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް ދިއްލާލާފައި. ފޮޓޯ/ހާފިޒު އަހްމަދު

އެ ދަނޑު ހުޅުވީ 2019 ގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...