އުރީދޫގެ ފޯރިގަދަ މަސް ރޭސް ފަށައިފި

އޭދަފުށި ޓައިމްސްވިޔަފާރި

ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބޭ އުރީދޫ މަސްރޭސް ރޭ ފަށައިފި އެވެ.

ކޮންމެ ރޯދަ މަހަކު ބާއްވާ މި މުބާރާތް މިއަހަރު މި  ބާއްވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

މި އަހަރުގެ މަސްރޭހުގައި 23 ޓީމަކުން ބައިވެރިވެ އެވެ.

މަސް ރޭހުގެ ފުރަތަމަ ބުރު އިއްޔެ ބޭއްވި އިރު ފައިނަލަށް ދިޔައީ ޓީމް ގޯޅިއަންސް’ އެވެ.

މަސް ރޭހުގެ އިނާމުތައް

އެއް ވަނަ ހޯދާ ޓީމަށް 50،000ރ. އަށް

އެންމެ ގިނަ މަސް ބޭނި “މުބާރާތުގެ މަސްވެރިޔާ” އަށް 5،000ރ.

އެންމެ ބަރުމަސް ބޭނި ފަރާތަށް 5،000ރ.

އެއް ވަނަ އަންހެން ކެޔޮޅަށް 5،000ރ.

އުރީދޫން ބުނީ މުބާރާތުގައި ވަނަތައް ހޮވާނީ ކޮންމެ ރެއެއް އަދި މުޅި މުބާރާތް ހިމެނޭ ގޮތަށް ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...