“ކުޅިކޮށް ކާ ކުއްޖަކު” ޓެގްކޮށްގެން އުރީދޫ ރޯދަ ހަދިޔާ ހޯދުމުގެ ފުރުސަތު

އޭދަފުށި ޓައިމްސްވިޔަފާރި
ރޯދަ މަހަށް ހާއްސަ ކޮށްގެން އުރީދޫން ނެރުނު ކަނޑޫދޫ މިރުސް ހޮޓްސޯސް ޕެކް– ފޮޓޯ: އުރީދޫ

ކުޅިކޮށް ކާ ކުއްޖަކި ޓެގްކޮށްގެން އުރީދޫ މޯލްޑިވްސްގެ ކަނޑޫދޫ މިރުހުގެ ހޮޓްސޯސް ޕެކް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ފުރުސަތުގެ ދަށުން ސޯޝަލް މީޑިއާގައި އުރީދޫން އާއްމުކޮށްފައިވާ ޕޯސްޓުގައި ކުޅިކޮށް ކާން ބޭނުންވާ މީހުން ޓެގް ކުރުމުން ބައިވެރިވެވޭނެ އެވެ.

ޓެގް ކުރާއިރު ކަނޑޫދޫ މިރުސް ހޭޝްޓެގެއްގެ ގޮތުގައި ބޭނުންކުރަން ވާނެ ކަމަށް އުރީދޫ އިން ބުންޏެވެ. އެގޮތަށް ޓެގް ކުރަން ޖެހޭނީ މަދުވެގެން ދެ މީހުންނެވެ

އުރީދޫ އިން އެ ފުރުސަތު ހުޅުވާލައިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:30 އާ ހަމައަށެވެ.

ކަނޑޫދޫ މިރުސް ހޮޓްސޯސް ޕެކަކީ އުރީދޫގެ މިއަހަރުގެ ރޯދަ ކެމްޕޭނުގެ ދަށުން ތައާރަފު ކުރި އުފެއްދުމެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...