ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އަލުން ޑިޒައިންކުރަނީ

އޭދަފުށި ޓައިމްސްޚަބަރު
ބ. އޭދަފުށީގައި ސަރުކާރުން އިމާރާތްކުރާ އާ ހޮސްޕިޓަލްގެ ކުރެހުމެއް: އެ ހޮސްޕިޓަލް އިމާރާތް ކުރަން ނިންމާފައިވަނީ ހިއްކި ބިމުގައި.

ބ. އަތޮޅު ހޮސްޕިޓަލު ހިމެނޭގޮތަށް ތިން ރަށެއްގެ ހޮސްޕިޓަލްގެ އާ އިމާރާތުގެ ޑިޒައިންތައް ހަދާފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް ކަމަށް ވާތީ، އެ ތަންތަނުގެ ކުރެހުން އަލުން ހަދަން ފަށައިފި އެވެ.

ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ހއ. ދިއްދު އާއި ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫގައި ހަދާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ރީތި ކުރެހުންތައް އާއްމުކުރީ ހެލްތު މިނިސްޓަރަކަށް އަބްދުﷲ އަމީން ހުންނެވިރު ދުވަސްވަރު ފެބްރުއަރީ 27، 2020 ގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގަ އެވެ.

އަމީން އޭރު ވިދާޅުވީ، އެ ތިން ހޮސްޕިޓަލްގެ އާ އިމާރާތްތައް ހުންނާނެ ގޮތް ފެނިވަޑައިގަތުމުން އެއީ ހޮސްޕިޓަލްތަކެކޭ ވިދާޅުވާ ހިތް ނެތް ކަމަށެވެ.

“ހޮސްޕިޓަލަކަށް ވުރެ މާ ފުޅާ ވިސްނުމަކާ އެކީގައި މިހާރު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ވިސްނުން ހުރީ،” އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިމާރާތުގެ ކުރެހުންތައް އާއްމުކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެކަމުގެ ހަބަރެއް ނުވެ އޮއްވާ މިއަދު ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް “މިހާރު” އަށް ވިދާޅުވީ އެ ތިން ހޮސްޕިޓަލްގެ ޑިޒައިންތައް ވަރަށް ރީތި ނަމަވެސް އެ ތަންތަން ހުރީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑުވާ ގޮތަށް ކަމަށެވެ. އެހެންވެ، ކުރެހުންތައް ރިވިއުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...