ބަހިއްޔާ ކެމްޕަހުގައި ދިރާސީ އާ އަހަރު ކިޔަވައިދޭނެ

އޭދަފުށި ޓައިމްސްޚަބަރު
ބަހިއްޔާ ކެމްޕަހުގައި މިހާރު ކުރިއަށްދާ ބްރިޖް ޓު ކިންޑަގާޑަން ޕްރޮގްރާމުގެ ތެރެއިން

އެމްއޭއެމް ޕްރީ ސްކޫލް، ބަހިއްޔާ ކެމްޕަސްގައި އަންނަ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

އޭދަފުށީ ކައުންސިލްގެ ބެލުމުގެދަށުން ހިންގަމުންއައި ނާސަރީއާއި ބޭބީ ނާސަރީ އަށްކިޔަވައިދޭ އެ ސްކޫލް ނުހުޅުވި ގިނަ ދުވަސްތަކެއްފަހުން އެތަން ހިންގުމަށް ފަސް އަހަރަށް މެރިޓައިމް އެކަޑަމީ އާ ހާވާލުކުރީ މިމަހުގެ ދެވަނަ ދުވަހުއެވެ.

މެރިޓައިމް އެކަޑަމީން ބުނި ގޮތުގައި ބަހިއްޔާ ކެމްޕަސްގައި، އޯގަސްޓްމަހު ފަށާ ދިރާސީ އަހަރަކާ އެކު ނާސަރީއަށް ކިޔަވައިދޭން ފެށޭނެ އެވެ. އަދި އެޑްމިޝަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

މެރިޓައިމް އެކަޑަމީން އެ ސްކޫލުގައި ބްރިޖް ޓު ކިންޑަގާޑަންގެ އެއް މަސްދުވަހުގެ ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެނެވެ.  

މެރިޓައިމް އެކަޑަމީން ބަހިއްޔާ ޕްރީ ސްކޫލުގައި ނާސަރީއާއި ބޭބީ ނާސަރީގެ އިތުރުން ތައުލީމީ އަދި ތަފާތު އެކި ހުނަރުތައް ދަސްކޮށްދޭ ކޯސްތަކާއި ޕްރޮގްރާމްތައް ހިންގާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...