ކަމަދޫ އާއި ގޮއިދޫ މޮޅަކުން މާރެސް އަންހެން ވޮލީ މުބާރާތް ފަށައިފި

އޭދަފުށި ޓައިމްސްކުޅިވަރު

މާރެސް އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގައި ބ. ކަމަދޫ އާއި ގޮއިދޫ ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެ އެވެ.

މާޅޮހު ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ކަމަދޫ މޮޅުވީ މާޅޮސް އާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ކަމަދޫ ޓީމުގެ މަލްދާ މަސްއޫދު އެވެ.

މިރޭ ކުޅުނު ދެވަނަ މެޗުން އޭދަފުށި އަތުން ގޮއިދޫ ކުރި ހޯދީ ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. އޭދަފުއްޓާ ދެކޮޅަށް މިރޭ ގޮއިދޫ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސާނިޔާ އަހްމަދު ނިޒާމު އެވެ.

މުބާރާތުގައި މާދަމާ ވެސް ދެ މެޗެއް ކުޅޭނެ އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ކަމަދޫ ނުކުންނާނީ ގޮއިދޫ އާ ދެކޮޅަށެވެ. އަދި މާދަމާ ރޭ އޭދަފުށި ޓީމު ބައްދަލުކުރާނީ މާޅޮސް އާ އެވެ.

މި ފަހަރުގެ މާރެސް އަތޮޅު ވޮލީ މުބާރާތް ކުރިއަށް މި ދަނީ ކޮވިޑް-19 އާ ގުޅިގެން ދެ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަން މިއަހަރު ވެސް ކާމިޔާބުކުރީ ގޮއިދޫންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...