ހަވާ އެރުވުމާއެކު އޭދަފުށީގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

އޭދަފުށި ޓައިމްސްޚަބަރު

ހަވާ އަރުވައި، މި އަހަރުގެ ބޮޑު އީދު، އޭދަފުށީގައި ކުލަގަދަކޮށް ފާހަގަ ކުރުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

މި ރަށުގައި “އީދު އުފާ 1443” ބާއްވަނީ ކްލަބް ޖަމިއްޔާ ތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އޭދަފުށީ ކައުންސިލް ގުޅިގެންނެވެ.

އޭދަފުށީ ކައުންސިލުން ބުނީ އީދު ބަންދުގައިށް އޭދަފުށީގައި ހަވީރާއި ރޭގަނޑު އެކި ކަހަލަ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ދެ ޖިންސްގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވާދެމުން، ތިންމު ގޯލި،  އަންހެނުންގެ މަސް ރޭސް، ނެޓްބޯޅަ ބައިބަލާ، ކަލަރ ފެސްޓިވަލް ފަދަ އެކި ހަރަކާތްތައް ހިމެނެ އެވެ.

މި ކަންކަމުގެ އިތުރުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި އީދު ސައި އަދި އީދު ޖާފަތެއްގެ އިތުރުން މިއުޒިކް ޝޯވްތަކާއި ސަގަފީ ހަރަކާތްތައް ވެސް އޭދަފުށީގައި ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

މި ފަހަކަށް އައިސް އޭދަފުށީގައި އީދު ފާހަގަ ނުކުރާހާ ކުލަގަދަކޮށް، މި ފަހަރު އީދު ފާހަގަ ކުރަން ކައުންސިލުން ވަނީ މީގެ ދުވަސްތަކެއް ކުރިން ޖަމިއްޔާތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފަ އެވެ. އެހެންވެ، މި ފަހަރުގެ ހަރަކާތްތަކުގައި ގިނަ ބައެއްގެ ބައިވެރިވުމާއި ހިއްސާ އޮންނާނެ އެވެ. ހާއްސަކޮށް ޖަމިއްޔާތަކުން އީދު ކުޅިވަރުގެ ހަރަކާތްތައް ރޭވުމުގައި އިސް ދައުރެއް އަދާ ކުރެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...