އޭދަފުށީ އަމާންވެއްޓަށް އޯކިޑްމާގެ ފެމެލީގެ އެހީ

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީގައި ހުންނަ އަމާންވެއްޓަށް ޓީވީ އަކާއި ޕީއެސްއެއް އޭދަފުށީ އޯކިޑްމާގެ ފެމެލީން ހަދިޔާކޮށްފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ އަމާންވެއްޓަށް 40 އިންޗީގެ ސްމާޓް ޓީވީ އަކާއި ޕީއެސްއެއް ހަދިޔާކުރީ، ޗުއްޓީ ދުވަސްވަރު މުނިފޫހިފިލުވުމުށް އިތުރު ވަސީލަތްތައް ގާއިމްކުރުމުގެ ގޮތުން ކަމަށް އޯކިޑްމާގެ ފެމެލީން އިން ބުންޏެވެ.

އޯކިޑްމާގެ ފެމެލީން މިތަކެތި ހަދިޔާކުރިއިރު، މީގެ ކުރިން ވެސް އަމާންވެއްޓަށް އޭދަފުށީގެ އެކި އެކި ފަރާތްތަކުން ވަނީ އެކި މުނާސަބާތަކާ ގުޅިގެން ތަކެތި ހަދިޔާކޮށްފަ އެވެ.

އޭދަފުށީގެ އަމިއްލަ ފަރުދުންނާއި ކްލަބް ޖަމިއްޔާތަކުން އަމާންވެއްޓަށް ވަމުން އަންނަ އެހީތެރިކަމަށް ފެމެލީ ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރު ފަޒްލޫން މުހައްމަދު ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ޗުއްޓީ ދުވަސްވަރު އެތަނުގެ ކުދިން މުނިފޫހިފުލުވުމަށް އޯކިޑް ފެމެލީން ފޯރުކޮށްދީފައިވާ ސްމާޓް ޓީވީ އާއި ޕީއެސް އަކީ ވަރަށް މުހިންމު ދެ ވަސީލަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...