އޭދަފުށީގައި މިރޭ ހަވާ އަރުވަނީ

އޭދަފުށި ޓައިމްސްޚަބަރު

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުން އާއްމުކޮށްފައިވާ އީދު ޝެޑިއުލުގައިވާ ގޮތުން ހަވާއެރުވުން އޮންނާނީ މިރޭ 9:00 ގައި އިރުމަތީ ކޮޅު ހިއްކި ސަރަހައްދުގަ އެވެ. ހަވާ އެރުވުމުގެ މި އިވެންޓަކީ އޭދަފުށީ ކައުންސިލާއި ކްލަބް ދަ ބިގިނާސް (ޓީބީ) ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ހަރަކާތެކެވެ.

ހަވާ އެރުވުމުގެ އިތުރުން މިރޭ ސްޓޭޖް ސަރަހައްދުގައި މިއުޒިކް ޝޯއެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ވާދެމުމުގެ މުބާރާތާއި ބައިބަލާ މުބާރާތް ވެސް މިރޭ ކުރިއަށްދާނެ އެވެ.

އޭދަފުށީގައި އީދުގެ ހަރަކާތްތައް މިފަހަރު ކުރިއަށްގެންދަނީ ރަށުގެ ކްލަބް ޖަމިއްޔާތަކާއި ރައްޔިތު އެންމެން ގުޅިގެންނެވެ.

 އޭދަފުށީގައި އީދު ހަރަކާތްތައް ފެށުނީ މިއަދު ހެނދުނު ބޮޑު ޖަމާއަތުގައި ބޭއްވި އީދު ނަމާދުންނެވެ. އީދު ނަމާދަށް ފަހު، ބޯޅަ ދަނޑު ސަރަހައްދުގައި އީދު ސައި ވެސް އެވެ.

އީދު ކުޅިވަރުތައް މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...