އީދުގެ ފޮޓޯ ހިއްސާކޮށްގެން އުރީދޫން ފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

އޭދަފުށި ޓައިމްސްވިޔަފާރި

އަޟްހާ އީދުގެ ޚާއްސަ މަންޒަރެއް ފެންނަ ފޮޓޯއެއް ހިއްސާކޮށްގެން ސެމްސަން ފޯނެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

“ޢީދު ގިވްއަވޭ”ގެ ގޮތުގައި އެ ކުންފުނިން ހުޅުވާލަާފައިވަނީ ސެމްސަން ގެލެކްސީ އެސް 21 ޕްލަސްގެ 256 ޖިީބީގެ ފޯނެއް ހޯދުމުގެ ފުރުސަތެވެ.

މި ފުރުސަތުގެ ދަށުން ފޮޓޯތައް ހިއްސާކުރަންޖެހޭނީ ޕަބްލިކަށް ފެންނަ ގޮތަށް ހުންނަ އެކައުންޓަކުންނެވެ. މިގޮތަށް ފޮޓޯ ހިއްސާކުރާއިރު #EidMajaa ބޭނުންކުރަން އުރީދޫއިން ވަނީ އިރުޝާދު ދީފައެވެ.

އަޟްހާ އީދާ ގުޅުވައިގެން ހުޅުވާލި މި ފުރުސަތުގެ ދަށުން މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 23:59އާ ހަމައަށް ފޮޓޯތައް ހިއްސާކުރެވޭނެއެވެ.

އީދާއި ބޮޑު ޗުއްޓީ އަދި މިނިވަންދުހާ ދިމާކޮށް އުރީދޫއިން ވަނީ އެ ކުންފުނީގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް ޚާއްސަ އޮފާއެއްވެސް ތައާރަފުކޮށްފައެވެ. މި އޮފާގެ ދަށުން އެންމެ 100 ރުފިޔާއަށް 100 ޖީބީ ލިބޭނެއެވެ.

މިއީ މިނިވަން ދުވަހާއި އަޟްހާ އީދާ ގުޅިގެން ލިބޭ ބަންދުގައި، ކޮންމެތާކު، ކޮންމެވަގުތެއްގައިވެސް އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އުރީދޫއިން ތައާރަފުކުރި އޮފާއެކެވެ. މި މަހުގެ ނިޔަލަށް މި އޮފާ ބޭނުން ކުރެވޭނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...