ކަމަދޫ ކައުންސިލުގެ ކުރީގެ ރައީސް ސާޖިދުއަށް ސިޔާސީ މަގާމެއް

މިދިޔަ ދައުރުގައި ކަމަދޫ ކައުންސިލުގެ ރައީސްކަށް ކުރެއްވި އަހްމަދު ސާޖިދު ސިޔާސީ މަގާމަކަށް އައްޔަންކޮށްފި އެވެ.
އޭނާ އައްޔަންކުރައްވާފައިވަނީ ކަމަދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ، ހެލްތު ސާވިސަސްގެ މަގާމަށެވެ. ރައީސް އޮފީހުން ސާޖިދު އަށް މަގާމުގެ ލިޔުން ހަވާލުކޮށް މަގާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ މަގާމަށް ސާޖިދު އައްޔަނު ކުރެއްވީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަގާމު އަދާކުރުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ސާޖިދުގެ އިތުރުން މިއަތޮޅުގެ އެހެން ރަށްރަށުގައި ވެސް މިދިޔަ ދަރުރުގައި ރައީސްކަން ކުރެއްވި ބައެއް ފަރާތްތައް ވަނީ އެރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އެންމެ އިސް މަގާމުތަކަށް ދާދި ފަހުން އައްޔަންކޮށްފަ އެވެ.

ކޮމެންޓްސް (0)
ލޯޑް ކުރަނީ...
