ޗުއްޓީ އާ އެކު ރަށުތެރެއަށް ބޮޑު ފަޅުކަމެއް

ފޮޓޯ ގެލެރީ
ޑިސެމްބަރު 24، 2022، އޭދަފުށީ ބަނދަރު ސަރަހައްދު: ޗުއްޓީ ބަންދަށް ގިނަ ބަޔަކު ރަށުން ބޭރަށް ދިއުމުން މިރަށަށް ވަނީ ފަޅުކަމެއް ގެނެސްދީފައި

މިއީ އާ ކަމެއް ނޫނެވެ؛ ކޮންމެ ސްކޫލް ބަންދަކީ ވެސް ބ. އަތޮޅުގެ މި ވެރިރަށް، އޭދަފުއްޓަށް ފަޅުކަން ގެނެސްދޭ މޫސުމެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ރަށުގެ ގިނަ ބަޔަކު ވަނީ މާލެއަށް ފުރަން ފަށައިފަ އެވެ. އަދި ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންވެސް ވަނީ ރަށްރަށަށް ފުރަން ފަށައިފަ އެވެ.

ޑިސެމްބަރު 24، 2022، އޭދަފުށީ ބޮޑު މަގުން މީހަކު ބައިސްކަލް ދުއްވާފައި ދަނީ: ޗުއްޓީ ބަންދަށް ގިނަ ބަޔަކު ރަށުން ބޭރަށް ދިއުމުން މިރަށަށް ވަނީ ފަޅުކަމެއް ގެނެސްދީފައި

މި ޗުއްޓީ ލިބިފައި ވަނީ ޑިސެމްބަރު މަހުގެ އުމުރާ ދަތުރާ ވެސް ދިމާކޮށް އެކު އެކީގަ އެވެ. އެހެންވެ، މިރަށުން މިއަހަރު އުމުރާއަށްދާ މީހުންނާއި އެމީހުން ފުރުވަން ވެސް ބައެއް މީހުން ވަނީ ރަށުން ފުރައިފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...